ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ދަތުރުކުރާ އެމްޓީސީސީ ބަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު މަޑުކުރާނީ، އެއާޕޯޓުގެ ހުޅަނގު ޕާކިން ޒޯން ސަރަހައްދުގައި ކަމަށް ހަމަޖައްސައިފިއެވެ.
އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 17:00 އިން ހެންދުނު 11:30 އަށް، ވީއައިއޭ ޓާމިނަލް ދޭކާ ދިމާލަށް އޮންނަ މަހުގެ މަރާމާތުކުރުުމުގެ މަސައްކަތެއް ކުރުމަށްޓަކައި، އެ މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އެެހެންކަމުން އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އެއާޕޯޓް ބަސްތަކުން ފަސިންޖަރުން އަރުވައި ބާލައި ހެދުމަށް ހަމަޖެހިފައިވަނީ، އާންުމުކޮށް ބަސް ހުއްޓާ ތަނުގެ ބަދަލުގައި ހުޅަނގު ޕާކިން ސަރަހައްދަށް ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅާލުމުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ