އެމެރިކާގެ ހުށަހެޅުމާ މެދު އިރާނުން ގޮތެއް ނިންމަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާއިން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ މަޑުޖައްސާލައި މަޝްވަރާތައް ކުރަން ފަށާފައިވާ އިރު، އިރާނާއި އެމެރިކާއިން ވެސް ވަނީ ދެ ގައުމުން ހުށަހަޅާ ހުށަހެޅުންތައް ފޮނުވައި ގޮތް ނިންމަން ފަށައިފައެެެެވެ.
އެމެރިކާއިން މިފަހުން ފޮނުވި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް އިރާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ އެމެރިކާގެ ނިންމުމާ މެދު ގޮތެއް ނިންމައި ޕާކިސްތާނު މެދުވެރިކޮށް ޖަވާބު ފޮނުވާނެ ކަމަށް ބުނެފައެވެ.
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިރާނުން ޑީލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރިޕޯޓުތަކުން ވަނީ އެމެރިކާ އާއި އިރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ކާމިޔާބު ވާނެ މަގު ފެންނަމުން އަންނަ ކަމަށް ބުނެފައެވެ.
އެެމެރިކާއިން އެންމެ ބޮޑަށް އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ބުނެ އެގައުމާ ދެކޮޅަށް މަސައްކަތްތައް ފާށާފައިވާ އިރު ހަނގުރާމަ ހުއްޓާލުމަށް ވާ އެއްބަސްވުމުގެ ދަށުން ނިއުކްލިއާ މައްސަލަ ފަހަށް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް