ރެއާލް މެޑްރިޑަށް ކުޅެމުންދާ ފްރާންސްގެ ފުލްބެކް ފާލިން މެންޑީއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

މެންޑީ، 2019 ވަނަ އަހަރު ރެއާލާ ގުޅުނުފަހުން އެތައް ފަހަރަކު އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އޭނާ މި ސީޒަނުގައިވެސް އެނބުރި ކުޅުމަށް ނުކުމެފައި ވަނީ ނޮވެމްބަރު މަހުގައެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު ސާޖަރީއެއް ކުުރުމަށްފަހުއެވެ. މެންޑީއަށް މިފަހަރުވެސް އަނިޔާއާ ކުރިމަތިވީ އެފަހަރު ސާޖަރީ ކުރި މަސްގަނޑަށެވެ.

މި ސީޒަނުގައި މެންޑީ މިހާތަނަށް ކުޅެފައި ވަނީ އެންމެ ނުވަ މެޗެވެ. އެންމެފަހުން މެންޑީއަށް އަނިޔާވީ އެންމެފަހުން އެސްޕަނިޔޯލާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 2-0 އިން އެމެޗު ރެއާލުން ކާމިޔާބު ކޮށްފައިވާ އިރު، 14 ވަނަ މިނެޓުގައި މެންޑީއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ.

ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ މެންޑީގެ ފަލަމަސްގަނޑުގެ ދަށް ފަޅިއަށް އަނިޔާވެފައިވާ ކަމަށާއި، އެނބުރި މި ސީޒަނުގައި އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

ރެއާލަށް މިހާރުވެސް އިތުރު ބައެއް އަނިޔާގެ މައްސަލަތައް ހުރި އިރު، އެޑާ މިލިޓާއޯއާއި އާދާ ގޫލާ އަދި ރޮޑްރީގޯވެސް މިވަގުތު ތިބީ އަނިޔާގައެވެ. އަދި އެ ހުރިހާ ކުޅުންތެރިންނަށްވެސް ސީޒަން އެއްކޮށް ގެއްލޭނެއެވެ.

މެންޑީ މަސައްކަތް ކުރަމުން ދިޔައީ 2024 ވަނަ އަހަރު ފަހުން ފްރާންސް ސްކޮޑުން ޖާގަ ހޯދުމަށް ނަމަވެސް، އަނިޔާއާއެކު ޑިޑިއޭ ޑިޝޭމްޕްސްގެ ސްކޮޑުން އޭނާއަށް ޖާގަ ނުދޭނެކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފައެވެ.