ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކަށް އަވަހަށް ފިޔަވަޅު އަޅަން ގޮވާލައި ގަރާގެއް ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އައްބަދުއްސައްތާރު މުހައްމަދެވެ.
މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ކޮންމެ ރައްޔިތަކަށް ފިކުރު ކުރުމާއި ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ.
ނަމަވެސް މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހުތިރާމްކޮށް ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން ކަމަށްވާ އިރު، ގާނޫނާހިލާފަށް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަން އަމާންކަން ގެއްލެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށާއި، އެފަދަ މައްސަލަތައް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާ މި ގަރާރު ހުށަހެޅުއްވީ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެމެރިކާ
ބޮލީވުޑް
ހޮރްމުޒް ކަނޑުއޮޅި
އޭއައި