އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސް މުހައްމަދު ޒާހިދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ޒާހިދު، އީސީގެ މެމްބަރަކަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އޭނާ އަށް އެ ކޮމިޝަންގެ ރައީސްކަން ދެއްވީ ޖެހިގެން އައި ފެބްރުއަރީ 17 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރައީސުލްޖުމްހޫރިއްޔާއަށެވެ.
ޒާހިދު އިސްތިއުފާ ދެެއްވި އިރު، އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ އިންތިހާބުގެ އިންތިޒާމުތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު