ދޮގު ތުހުމަތުތައް ފެތުރުމަކީ ނޫސްވެރިކަން ނޫން ކަމަށާއި އަދަދު ނޫސް ރެއިޑްކުރުން ފުލުހުންގެ މައްޗަށް ހައްގު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޮގު ތުހުމަތުތަކެއްކޮށް ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައިގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަދަދުގެ އޮފީހަށް ވަދެ، ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ރާއްޖެއިން ބޭރަށް ފުރައިގެންދާން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސަށް ޒިނޭގެ ދޮގު ތުހުމަތުކުރުމުން އަދަދު ނޫސް ރެއިޑް ކުރުމަކީ ހައްގު ކަމެއް ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރެވިފައި ވީނަމަވެސް، ދޮގު ހަދައި އަބުރު ކަތިލުމުގެ މިނިވަންކަން ނުލިބޭ ކަމަށެވެ
މިނިސްޓަރުގެ ޕޯސްޓުގައި ގާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް ހިމަނާފައިވެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ: ހިޔާލުފާޅުކުރުމުގެ މިނިވަންކަން (އެއީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ނުވާހާ ހިނދަކު).
- ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ: ހަބަރުތަކާއި ހިޔާލުތައް ޝާއިޢު ކުރުމުގެ މިނިވަންކަން
- ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާ: ކޮންމެ މީހަކަށްވެސް އެމީހެއްގެ އަބުރާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަން
މިނިސްޓަރު ވިދާޅުވީ، ގާނޫނީ ހުކޫމަތާއި ރައީސަށް ލިބިދޭ ދުސްތޫރީ ހައްގުތައް ފުލުހުން ނަގަހައްޓާނެ ކަމަށާއި ޒިންމާދާރު މިނިވަންކަމަކީ ޖަވާބުދާރީ ކުރުވުން ކަމަށާއި އެއްވެސް މީހަކީ އަދި މީޑިއާ އަކީ ގާނޫނަށްވުރެ މަތީގައި ހުރި މީހެއް ނުވަތަ ތަނެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސްގެ މައްޗަށް "ޒިނޭ" ގެ ދޮގު ތުހުމަތުކުރުމަކީ، ރައީސްގެ ޒާތީ ކަރާމަތަށާއި ރައީސްގެ އާއިލާއަށާއި އަދާކުރާ މަގާމަށް ދިން ސީދާ ހަމަލާއެއް ކަމަށެވެ.
"މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާއީ ބައިބައިވުން އުފެދި، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ އެވެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގާނޫނުގެ ވެރިކަން އޮންނަ ކޮންމެ ޑިމޮކްރެޓިކް މުޖްތަމައެއްގައިވެސް، އެކަށީގެންވާ ޝައްކު އުފެދޭހާލަތްތަކުގައި، "ގަޒުފު" ފަދަ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިދާރާތަކަށް އޮންނަން ޖެހޭނެ ކަމަށެވެ.
ފުލުހުން "ނޫސްވެރިންނަށް ހަމަލާއެއް ނުދޭ" ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުލުހުން ކުރަމުން އަންނަ މަސައްކަތަކީ، ރައީސަށް ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމުގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލޭތީ އެ މައްސަލަ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިންނަށް ހައްގު މީޑިއާގެ މާހައުލަކީ ދޮގު ހަދައި އަބުރު ގެއްލޭ މާހައުލެއް ނޫން ކަމަށާއި ޒިންމާދާރު ނޫސްވެރިކަމުގެ މިނިވަންކަމާއި ޒިންމާދާރު ނޫސްވެރިކަމުގެ މިނިވަންކަން ދިފާއު ކުރަން ޖެހޭ ކަމަށެވެ.
އަލީ ޔާމިން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކީއްވެބާ އެ ކުއްޖާ ހައްޔަރު ނުކުރަނީ؟ އަދި އެއީ ދޮގެއް ވިއްޔާ އެ ނޫސްވެރިން ހައްޔަރު ނުޖުރަނީ؟
އެކަމަކުވާ - 2 މަސް ކުރިން