ދުނިޔޭ ފުޓުބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ކްލަބަކީ ޕީއެސްޖީ ކަމަށާއި، އެކަން މިދިޔަ ދެ އަހަރަކުން ފެނިފައިވާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ އެހެން ބުނެފައި ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިއަށް ވާހަކަ ދައްކަމުންނެވެ. އެންރީކޭ ބުނީ މިހާރުވެސް ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާއި ބަޔާނަކީ މިވަގުތު ދުނިޔޭ ފުޓުބޯޅައިގައި އޮތް އެންމެ ވަރުގަދަ ދެ ކްލަބު ކަމަށާއި، ބަޔާނަކީ އެންމެ ކޮންސިސްޓެންޓް ޓީމު ނަމަވެސް، އެންމެ ވަރުގަދަ ޓީމަކީ މިވަގުތު ޕީއެސްޖީ ކަމަށެވެ.
"ހަމައެކަނި އެޓޭކިންނަށް ބަލާފައެއްވެސް ނޫން. ޑިފެންސިވްލީ ބަލާފައިވެސް މި ދެޓީމަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެޓީމު. ނަމްބަރަށް ބަލާއިރު ބަޔާން މޮޅުވެދާނެ. އާސެނަލްވެސް އަހަރެމެންނަށް ރަނގަޅު ވެދާނެ. އެއީ އެޓީމުތަކުން ބަލިވި މެޗުތައް މަދުވާނެ. އެހެން ނަމަވެސް ހަމަ ފާހަގަކޮށްލަން ޖެހޭ، ޓީމެއްގެ ގޮތުގައި ޕީއެސްޖީން މި ދައްކާ ކުޅުމުން ބުނެދެނީ އަހަރެމެންނަކީ އަދިވެސް ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކްލަބުކަން،" އެންރީކޭ ބުންޏެވެ.
މިފަހަރުވެސް ޕީއެސްޖީން ނޮކްއައުޓަށް ނުކުތީ ޕްލޭ އޮފްއަށް ގޮސްގެންނެވެ. އެއީ ގަދަ އަށަކުން ފުރުސަތު ނުލިބުމުންނެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނުގައި އެޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރުވެސް ނޮކްއައުޓަށް ދިޔައީ ޕްލޭ އޮފްގައި ކުޅުމަށްފަހުއެވެ.
އެންރީކޭ ބުނީ ގަދަ އަށެއް ނުލިބުމަކީ ހާސްވާ ކަމެއް ނޫން ކަމަށާއި، ނަތީޖާ ނެރުން އެންމެ މުހިއްމު ހިސާބުގައި އަބަދުވެސް ޓީމުން ތަފާތު ދައްކާނެ ކަމަށެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ