އޭއެފްސީގެ އެކިއެކި މުބާރާތްތަކުން އަންނަ އަހަރު ފުރުސަތު ދޭ އަދަދުތައް އިއުލާނުކުރި އިރު، ރާއްޖޭން އޭއެފްސީ ޗެލެންޖް ލީގަށް ދާނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން އެކަނި ކަން ކަނޑައަޅައިފިއެވެ.
އޭއެފްސީން، އެ އިދާރާގެ ކްލަބު މުބާރާތްތަކުން ގައުމުތަކަށް ދޭ ސްލޮޓް އިއުލާނުކުރީ އިއްޔެއެވެ. އެ މިންގަނޑު އެކުލަވާލާފައި ވަނީ ގައުމުތަކުގެ ލީގުތަކާއި ފުޓުބޯޅަ ފެންވަރަށް ބަަލައި، ވަކި ޕޮއިންޓް ސިސްޓަމެއްގެ ތެރެއިންނެވެ.
އިއްޔެ އާންމުކުރި ސްލޮޓް އެލޮކޭޝަނަށް ބަލާ އިރު، ދެކުނު އޭޝިއާ ސަރަަހައްދުން އިންޑިއާއަށް އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ދެޖާގަ ލިބޭ އިރު، އެއް ޖާގައަކީ ގްރޫޕް ސްޓޭޖުގެ ޖާގައެކެވެ. ދެން، އޮތް ޖާގައަކީ ކޮލިފައިން ބުރުގެ ޖާގައެކެވެ.
ބަންގްލަދޭޝްއާއި ރާއްޖޭގެ އިތުރުން ސްރީ ލަންކާއާއި ޕާކިސްތާނުގެ އިތުރުން ބޫޓާން އަދި ނޭޕާލަށްވެސް ލިބެނީ އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަނުން އެންމެ ޖާގައެކެވެ. އެއީ ލީގު ޗެމްޕިއަނުންނަށް ލިބޭ ޖާގައެވެ.
އޭޝިއާގެ ހުޅަނގުން އެންމެ މަތިން ރޭންކް ކޮށްފައިވާ ގައުމަކީ ސައުދީ އަރަބިއާއެވެ. އަނެއްކޮޅުން އިރުމަތީ އޭޝިއާއިން އެންމެ މަތިން ރޭންކް ކޮށްފައި ވަނީ ޖަޕާނެވެ.
ރާއްޖޭން އޭއެފްސީ މުބާރާތުން ލިބޭ ހަމައެކަނި ޖާގަ މިފަހަރުވެސް ލިބޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެކަންޏެވެ. އެއީ މިއަހަރުގެ ލީގު ޗެމްޕިއަނަކީވެސް މާޒިޔާ ކަމަށްވާތީއެވެ. މާޒިޔާ މިފަހަރުގެ ލީގު ހޯދީ މެޗަކުން ބަލިނުވެއެވެ.
މާޒިޔާއަކީ މިފަހަކަށް އައިސް ރާއްޖޭން އެންމެ ގިނައިން އޭއެފްސީ މުބާރާތްތަކުގައި ކުޅެފައިވާ ޓީމެވެ. އޭއެފްސީން މުބާރާތްތަކުގެ ފޯމެޓަށް ބަދަލު ގެނެސް، އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ.
މުޙައްމަދު ޝަމްޢޫން
އޭއެފްސީ ޗެލެންޖް ލީގު
އޭއެފްސީ ޗެލެންޖް ލީގު
އޭއެފްސީ ޗެލެންޖް ލީގު