އޭއެފްސީގެ ތިންވަނަ ފަންތީގެ މުބާރާތް، އޭއެފްސީ ޗެލެންޖް ލީގުން ރާއްޖޭގެ ހަތަރު ރެފްރީއަކަށް ފުރުސަތު ލިބިއްޖެއެވެ.
ރާއްޖޭގެ ފުޓުބޯޅަ ހާލަތު މިދިޔަ އަހަރުތަކުގައި އޮތް ގޮތުން ރެފްރީންނަށްވެސް ބައިނަލްއަގުވާމީ ފުރުސަތުތައް ހޯދަން އުނދަގޫތަކާ ދިމާވެފައިވާ އިރު، މިފަހަރު އޭއެފްސީ ޗެލެންޖް ލީގުން ފުރުސަތު ލިބިފައި ވަނީވެސް މެދުކެނޑުމަކަށްފަހުއެވެ. އޭއެފްސީ ޗެލެންޖް ލީގަކީ އޭޝިއާ ފުޓުބޯޅައިގެ ފޯމެޓަށް ގެނައި ބަދަލާއެކު މީގެ ތިން އަހަރު ކުރިން ބާއްވަން ފެށި މުބާރާތެކެވެ.
ރާއްޖޭގެ ހަތަރު ރެފްރީންނަށް ފުރުސަތު ލިބިފައި ވަނީ ގްރޫޕް ސްޓޭޖު މެޗުތަކުންނެވެ. އެގޮތުން އަންނަ މަހުގެ 17-23 އަށް ކުވެއިތުގައި ކުރިއަށްދާ ގްރޫޕް ސީގެ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ މުހައްމަދު ޖާވިޒް (ޖޭޑު) އަށް ލިބިފައިވާ އިރު، އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި، އަހުމަދު ހަސަން (އައްމަޑޭ) އަށްވެސް ވަނީ ފުރުސަތު ލިބިފައެވެ. އަދި އަންނަ މަހުގެ 17-23 އަށް ބޫޓާނުގައި ކުރިއަށްދާ ގްރޫޕް އޭގެ މެޗުތަކަށް ދާ މެޗު އޮފިޝަލުންގެ ތެރޭގައި ރާއްޖޭގެ ހުސެއިން ސިނާނާއި އެސިސްޓަންޓް ރެފްރީ ނިއުޝާދު މުހައްމަދު ހިމެނެއެވެ.
ރާއްޖޭގެ އެ ހަތަރު ރެފްރީންނަކީވެސް މީގެ ކުރިން އިންޓަނޭޝަނަލް މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ ފީފާ ބެޖުގެ ރެފްރީންނެވެ. އަދި އެ ހަތަރު ރެފްރީންނަކީވެސް ފީފާ ބެޖު ދަމަހައްޓަމުން އަންނަ ތަޖުރިބާކާރު ރެފްރީންނެވެ.
އޭއެފްސީ ޗެލެންޖް ލީގު
އޭއެފްސީ ޗެލެންޖް ލީގު
އޭއެފްސީ ޗެލެންޖް ލީގު
ކޮމެންޓް