ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 110,000 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 150,000 ފަތުރުވެރިންނާ އަޅައި ބަލާއިރު 40,000 އެއްހާ ފަތުރުވެރިންގެ މަދުވުމެއް ކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.
އެއާއެކު މި މަހުގެ ފަތުރުވެރިކަން ވަނީ 27 ޕަސަންޓް ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ، ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު މަންޒިލްތައް ކަމަށްވާ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ދަތުރުކުރާ ރޫޓުތަކަށް ބުރޫއެރުން ކަމަށާއި ހާއްސަކޮށް ޔޫއޭއީ އާއި ގަތަރު މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައިކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 750,000 ފަތުރުވެރިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 790,000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ޕަސަންޓުގެ ދަށްވުމެކެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް