އިރާނުން ހޮރުމުޒްގެ ކޮންޓްރޯލް ވަރުގަދަކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުން ދިޔަ ހަނގުރާމަ މަޑުޖައްސާލައި އެމެރިކާ އާއި އިރާނުން ފެށި ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހުމުން އިރާނުން ވަނީ އެގައުމުން ކޮންޓްރޯލް ކުރާ ހޮރުމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދު ބަންދުކޮށް އެސަރަހައްދު ބެލެހެއްޓުން ވަރުގަދަ ކޮށްފައެވެ.
އެމެރިކާއިން ހަނގުރާމަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ އިރު އިރާނުން އިއްޔެ ވަނީ ހޮރުމުޒްގައި ބާރު ގަދަކޮށް އެސަރަހައްދުގައި ދަތުރުކުރި ދެ ބޯޓެއްވެސް ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިރާނާއި އެމެރިކާ ހަދާފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ބުދަ ދުވަހަށް ހަމަވެފައިވީ ނަމަވެސް ދެގައުމުން ބޭއްވުމަށް ތައާވަލް ކުރި ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބަޔަށް އިރާނުން ހާޒިރު ނުވުމުން ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރަށް ދިގުދައްމާލާނެ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ. އެގޮތުން ޓްރަމްޕް ވަނީ އިރާނުން މަޝްވަރާކޮށް އެެމެރިކާގެ ހުށަހެޅުމަށް އެއްބަސް ވަންދެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވައިފައެވެ.
އިރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ގަލިބާފް ވަނީ ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން މުޅިން ފުރިހަމަ ވާނީ އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތައް ނެގުމުންކަން ފާހަގަކުރައްވައިފައެވެ. ގަލިބާފް އަކީ އެމެރިކާއާއި އިރާނުގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިރާނުގެ ވަފްދުގެ އެންމެ އިސް ލީޑަރެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު