އިންޑިއާގެ ކެރެލާގައި ބަޑިބޭސް ފެކްޓްރީއެއް ގޮވައި 13 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓްގައި ހިނގި އެހާދިސާގައި ބަޑިބޭސް ފެންޓްރީ ގޮވި ވަގުތު އެތަނުގައި މަސައްކަތް ކުރުމަށް 40 މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގި އެހާދިސާގައި 13 މީހަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެހާދިސާ އަކީ މިހަފުތާ ތެރޭ އެގައުމުގައި ހިނގި ދެވަނަ ހާދިސާ ކަމަށް ބުނެފައެވެ. އޮފިޝަލުން ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް އެގައުމުގެ ޓަމިލް ނާޑޫގައި ހިނގި ހާދިސާގައި 25 މީހުން މަރުވެފައިވާ ކަަމަށް ބުނެފައެވެ.
ކުރިޔަށް އޮތް ހިންދޫ ދީނުގެ ހަރަކާތްތަކަށް ބޭނުންކުރާ ބަޑިބޭހުގެ އާލާތްތައް އުފެއްދުމަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފެކްޓްރީތައް ހިންގަމުން އަންނައިރު ގަވާއިދާ ހިލާފަށްވެސް ގިނަ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ނުބަލައި ފެކްޓްރީތައް ހިންގަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި