އިރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށައިފިނަމަ އެމެރިކާއިން މިސައިލު ހުސްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ ނޫސް އެޖެންސީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުން އިރާނާ ދެކޮޅަށް އެމެރިކާއިން އަލުން ހަނގުރާމަ ފަށަފައިނަމަ އެގައުމުން މިސައިލު ހުސްވެގެން ދާނެ ކަމަށް ބުނެފައެވެ.
ހަތް ހަފުތާއަށް ކުރިޔަށް ދިޔަ ހަނގުރާމަ މަޑުޖައްސާލާފައިވާ އިރު އެމެރިކާއިން މިހާރު ބޭނުން ކުރަން ހުރި މިސައިލު ސްޓޮކްގައި ބާކީ ހުރީ 45 ޕަސެންޓް މިސައިލު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އެއާޑިފެންސުގައި ބޭނުންކުރާ މިސައިލުތަކުގެ ތެރެއިން ތާޑް އިންޓަސެޕްޓްގައި މިހާރު ބާކީ ހުރީ 50 ޕަސެންޓް ކެޕޭސިޓީ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
އެމެރިކާގެ ސަރުކާރުން މިސައިލު އުފެއްދުމަށް ހުއްދަދީ އެގްރީމެންޓުތަކުގައި ސޮއިކޮށްފައި ވީނަމަވެސް އެ މިސައިލުތައް ހެދުމަށް ތިން އަހަރާއި ފަސް އަހަރު ހޭދަ ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާއިން އިޒްރޭލާ ގުޅިގެން އިރާނަށް ހަމަލާދީ މެދުއިރުމަތި ހަނގުރާމައަކަށް ބަދަލުކޮށްފައިވާ އިރު އިރާނުން ވަނީ ރައްދު ހަމަލާތަކުގެ ގޮތުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ ޑިފެންސް ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ