ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ތިއްބާ، ކުންފުނިތަކުން ގުރުއަތުން ހޮވާ މީހާއަށް ހައްޖުގެ ފުރުސަތު ލިބޭގޮތަށް ވަކި ކޯޓާއެއް ދޫކުރުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށް މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ހައްޖަށް ދިއުމަށް ދުރާލައި ފައިސާ ދައްކާފައި ތިބި މީހުންގެ ދިގު ކިޔުއެއް އޮއްވައި، ކުންފުނިތަކުން ދޭ ފުރުސަތުތަކަށް ހާއްސަކަމެއް ދީގެން މީހުން ހައްޖަށް ގެންދާ މައްސަލަޔާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެވުނު ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ދޭ އިނާމުގެ ގޮތުގައި ގުރުއަތުން ހޮވާ މީހުންނަށް އަވަހަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ނަމަވެސް މިހާރު އެކަން މަދުކޮށްފައިވާ ކަމަށާއި، އެގޮތުން ކުންފުނިތަކަށް މިއަހަރު ދިނީ ވަރަށް މަދު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ވެސް ޝަހުސީކޮށް ގަބޫލުކުރާ ކަމެއް ނޫން އެއީކީ، އެއީ ކުންފުނިތަކަށޭ ކިޔާފައި އެގޮތަކަށް ކޯޓާއެއް އަސްލު ދުލެއް ނުކުރެވޭނެ. ވަރަށް ގިނަ ކުންފުނިތަކުން މިނިސްޓްރީއަށް ވެސް އާދޭ އެތާގެ މުވައްޒަފުންނަށް އެ ފުރުސަތު ހޯދަން. އެހެން ނަމަވެސް އަޅުގަނޑު ވެސް ގަބޫލެއް ނުކުރަން އެއީ އެންމެ އިންސާފުވެރި ގޮތެއް ކަމަކަށް، ކިޔުގައި އެހާ ގިނަ މީހުން ރަޖިސްޓްރީ ވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތުތަކަށް ޖާގަ ދިނުން ރަނގަޅެއް ނޫން" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ދޭ ހައްޖު ދަތުރުތައް ވެސް ދޭންވާނީ ކިޔުއަށް އަރާ ގޮތަށް ކަމަށެވެ. މުވައްޒަފަށް ފައިސާދީފައި އަވަހަށް ކިޔުއަށް އެރުވުމަކީ ކުންފުނިތަކަށް ކުރެވިދާނެ ތަނެއް ކަމަށެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝަހީމުގެ ރައްޓެހިން ފޮނުވިއަސް މައްސަލައެއް ނެތް. ސަރުކާރުން ފޮނުވާ 50 މީހުން ވެސް ފޮނުވަން vAnzi ތިޔަ ބުނާ އުޞޫލުން.
ސަމާ - 2 މަސް ކުރިން