އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އުފައްދާ މަޝްހޫރު ޖާސޫސީ ސީރީޒް "ސިޓަޑެލް" ގެ ދެވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މި ސީރީޒްގެ ލީޑު ރޯލުން ފެނިގެންދާނީ ފުރަތަމަ ސީޒަންގައި ވެސް ހަރަކާތްތެރިވި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ރިޗަޑް މެޑެންއެވެ.
އާ ސީޒަންގައި ވެސް ފުރަތަމަ ސީޒަންގެ މުހިންމު ތަރީންނާއި އުފެއްދުންތެރިން ބައިވެރިވެއެވެ. ނަމަވެސް، މި ފަހަރުގެ ހާދިސާތައް ހިނގަމުންދާނީ މުޅީން އާ ގައުމުތަކެއްގައެވެ. މިއާއެކު ސީރީޒްގެ ވާހަކަ އިތުރަށް ފުޅާވެ، އާ މިސްރާބަކަށް ދާނެކަން ޓްރެއިލާއިން ދައްކުވައިދެއެވެ.
"ސިޓަޑެލް" ގެ ފުރަތަމަ ސީޒަނަކީ ޓީވީ ތާރީޚުގައި ވެސް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި އެއް ސީރީޒެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ސީޒަނަކީ އެމެރިކާއިން ބޭރުގައި އެ ޕްލެޓްފޯމުން ދެވަނައަށް އެންމެ ގިނަ މީހުން ބެލި އޮރިޖިނަލް ސީރީޒެވެ. އެހެންކަމުން، ދެވަނަ ސީޒަނަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ސީރީޒެކެވެ.
ފުރަތަމަ ސީޒަނަށް ފާޑުކިޔާ ފަރާތްތަކުގެ ފަރާތުން އެކި ކަހަލަ ހިޔާލުތައް ލިބުނު ނަމަވެސް، އެމެޒޯނުން އަންނަނީ މި ފްރެންޗައިޒް މުޅި ދުނިޔެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އިންޑިއާގައި އުފެއްދި "ސިޓަޑެލް: ހަނީ ބަނީ" އާއި އިޓަލީގެ "ސިޓަޑެލް: ޑަޔާނާ" އަކީ މި ސްޓްރެޓެޖީގެ ދަށުން އުފައްދައި ދޫކޮށްލާފައިވާ ކާމިޔާބު އުފެއްދުންތަކެކެވެ. މި ސީރީޒް މެއި ހައެއްގައި އެމެޒަން ޕްރައިމް އިން ފެންނާނެއެވެ.
އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން