ޕްރިޔަންކާ ޗޯޕްރާގެ އާ ފިލްމު "ހެޑްސް އޮފް ސްޓޭޓް" ގެ ޓްރެއިލާ ނެރެފިއެވެ.
މި ފިލްމުގައި ޕްރިޔަންކާ ކުޅެނީ އެމްއައި6 އޭޖެންޓެއްގެ ރޯލެވެ. ޕްރިޔަންކާގެ ކެރެކްޓަރުގެ ނަމަކީ ނޯއެލް ބިސެޓް އެވެ. ފިލްމުގައި އެމެރިކާގެ ރައީސްގެ ރޯލު ކުޅެނީ ޖޮން ސީނާ އެވެ. އިނގެރޭސިވިލާތުގެ ބޮޑުވަޒީރުގެ ރޯލު ކުޅެނީ އިޑްރިސް އެލްބާ އެވެ.
ޓްރެއިލާގައި ދައްކާ ގޮތުން، ފިލްމުގެ ވާހަކަ ފެށެނީ އެމެރިކާގެ ރައީސް އަދި އިނގެރޭސިވިލާތުގެ ބޮޑުވަޒީރު ދަތުރުކުރަމުން ގެންދާ މަތިންދާބޯޓަކަށް ހަމަލާއެއް ދިނުމުންނެވެ. މި ދެ ލީޑަރުން ސަލާމަތްވުމަށްފަހު، ދުނިޔެ ސަލާމަތްކުރުމަށް އެކުގައި މަސައްކަތްކުރަން ޖެހެއެވެ. މި ހިސާބުން ޕްރިޔަންކާގެ ކެރެކްޓަރު ތައާރަފުވެއެވެ.
ޓްރެއިލާގައި ޕްރިޔަންކާ އެކްޝަން މަންޒަރުތަކެއް ކުޅެފައިވެއެވެ. އޭނާ އެކަނި ގިނަ މީހުންނާ ހަނގުރާމަކޮށް، އެ މީހުން ބަލިކުރާ މަންޒަރު ދައްކާފައިވެއެވެ. ފޭނުން ވަނީ ޕްރިޔަންކާގެ އެކްޝަން މަންޒަރުތަކަށް ތައުރީފުކޮށްފައެވެ. ގިނަ ބަޔަކު ބުނެފައިވަނީ ޕްރިޔަންކާގެ އެކްޝަން މަންޒަރުތައް ވަރަށް ފުރިހަމަ ކަމަށެވެ.
މި ފިލްމު ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށާނީ ޖުލައި 2 ގައެވެ. މި ފިލްމު 6 ބަހަކަށް ޑަބްކުރާނެއެވެ. އެއީ އިނގެރޭސި، ހިންދީ، ތަމަޅަ، ތެލިނގު، މަލިޔާޅަމް އަދި ކަންނަޑާ ބަހެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އިލްޔާ ނައިޝުލަރ އެވެ.
މި ފިލްމުގައި ޕްރިޔަންކާ، ޖޮން ސީނާ އަދި އިޑްރިސް އެލްބާގެ އިތުރުން ޕެޑީ ކޮންސިޑައިން، ސްޓީފަން ރޫޓް، ކާލާ ގުގީނޯ، ޖެކް ކުއައިޑް އަދި ސާރާ ނައިލްސް ފަދަ ތަރިން ބައިވެރިވެއެވެ.

ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު