ތަފާތު އެކިއެކި އައު އީޖާދުތައް ނިކުންނަ ދުވަސްވަރެއްގައި ސުމާޓް އައިނުގެ ދެވަނަ އަދަދު އެމަޒަން އިން ނެރެފިއެވެ. މޯބައިލް ޓެކްނޮލޮޖީގެ ދެން އޮތް މަރުހަލާގައި ސްމާޓް އައިނު ކުރި އަރަމުންދާއިރު ގޫގުލް ކުންފުނީގެ ގޫގުލް ގުލާސް އައިނާއި، ސުނެޕް ޗެޓް އަދި ފޭސްބުކު ހިންގާ މެޓާ ކުންފުނިންވެސް ވަނީ ސުމާޓް އައިނު ނެރެން ފަށާފައެވެ.

ތަފާތު ކުންފުނިތަކުން ނެރޭ އައިނު ތަކުގައި ހިމެނެނީ ތަފާތު ފީޗާސްތަކެކެވެ. ސުޕީކަރާއި މައިކްރޯފޯނާއި ކެމެރާ ފަދަ ތަކެތި އައިނު ލެންސްގައި ހިމެނޭ އައިނަކީ (ގޫގުލް ގްލާސް) އެވެ. ތިން ޑިމޭންޝަންގެ އިމޭޖަކާއި ސްޕެޝަލް އޯޑިއޯއެއް ފޯރުކޮށްދޭ ފްރޭމްތަކާއި ހެޑްސެޓް ވެސް މި އައިނުގައި ހިމެނެއެވެ.

ސުނެޕް ޗެޓްގެ އައިނުގައި އޮގްމެންޓެޑް ރިއަލިޓީ (އާރް) ކޮމްޕިއުޓިން އިންޓަފޭސް ހިމެނެއެވެ. އެހެން ނަމަވެސް އެމެޒަން ފުރޭމްސް ސުމާޓް އައިނަކީ އަދި މުޅިން ތަފާތު އައިނެކެވެ.

އީކޯ ފްރޭމްސް އައިނަކީ ވޮއިސް ކޮމާންޑް ބޭނުންކޮށްގެން އެމެޒޯންގެ ޑިޖިޓަލް އެސިސްޓެންޓް އެލެކްސާއާ މުއާމަލާތް ކުރެވޭނެ ގޮތް ހަދާފައިވާ އައިނެކެވެ. ސުޕީކަރާއެކު ހެޑްފޯނުވެސް ހިމެނޭ މި އައިނުގައި ހިމެނޭ އެމެޒަންގެ އިކޯ ސުމާޓް ވޮއިސް އެސިސްޓެންޓްގެ އެހީގައި، މިއުޒިކް އަޑުއެހުމާއި، ޕޮޑްކާސްޓްގެ އިތުރުން ވޮއިސް މެސެޖް ކުރުމާއި ފޯން ކޯލްތައް ކުރެވޭނެ ގޮތްވެސް ހިމެނެއެވެ. މި ސުމާޓް އައިނުގައި ހިމެނޭ ވޮއިސް ކޮމާންޑް އަޑު ގަދަ ތަނެއްގެ މަސައްކަތް ނުކުރާ ހާލަތުގައި އިނގިލި ޖައްސާލައިގެންވެސް ކޮންޓުރޯލް ކުރެވޭނެ ޓަަޗް ޕެނަލެއް އައިނުގައި ހިމެނެއެވެ.

އެމެޒަން އިކޯ ފުރޭމްސްގެ މިހާތަނަށް ދައްކާލި އައިނު ތަކުގެ ތެރޭގައި މާގިނަ ޑިޒައިންތަކެއް އަދި ހިމެނިފައި ނުވިނަމަވެސް ޑޮކްޓަރުން ދޭ ނަމްބަރު ބިއްލޫރިވެސް އަޅުވައިގެން ބޭނުން ކޮށްލެވޭނެ ފަހުގެ ފުރޭމްތަކެއް ވަނީ ދައްކާލައިފައެވެ. ބޯސް ފުރޭމް ބުރޭންޑްގެ ޑިޒައިނާއި މަޝްހޫރު ގޭމިން ރޭޒާ ފަދަ އައިނު ތަކުގެ ޑިޒައިން ހިމެނޭ އިކޯ ފުރޭމްސްގެ ސުމާޓް އައިނު ތަކަކީ އަދި ޅަފަތުގައިވާ އުފެއްދުމެއް ކަމަށާއި ދުވަހެއް ދުވަހަކަށް ކުރިއެރުން ހޯދާނެ ޓެކްނޮލޮޖީއެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

މިހާރުވެސް އެމެޒަން ބެވްސައިޓުން ގަންނަށް ލިބެންހުރި އިކޯ ފުރޭމްސްގެ ސުމާޓް އައިނު ތަކުގައި 4 ގަޑިއިރު މިއުޒިކް އަޑު އަހާލައި 2 ގަޑިއިރު ފޯނު ކޯލްގައި ވާހަކަ ދެއްކޭނެ ބެޓެރީ ހަކަތަ ހުންނާނެއެވެ. ސުމާޓް ފޯނުތަކާ އެކު ނިކުންނަ ސުމާޓް ގަޑި ތަކާއި، ހެޑްސެޓް ތަކުގެ އިތުރުން ސުމާޓް އައިނުތައް ނިކުންނަ ޒަމާން މިއޮތީ އައިސްފައެވެ.