މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން، 8 ދުވަހުން ތ. ގާދިއްފުށި ބިން ހިއްކައި ނިންމައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ގާދިއްފުށީގައި 11 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށެވެ.

"އެއީ 10 އެޕްރީލް 2026 އިން ފެށިގެން 18 އެޕްރީލް 2026 އަށް." އެމްއޭސީއެލުން ބުންޏެވެ.

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށުގެ ތަރައްގީއަށްޓަކައި ބިން އިތުރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ބިން ހިއްކުމުގެ އެ މަޝްރޫއުއާއެކު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެދަން ނިންމާފައިވެއެވެ.