މިވަގުތު ނަތީޖާތައް ގޯސް ނަމަވެސް، ޗެލްސީ ވެރިންގެ ފުރިހަމަ އިތުބާރު އަދި އެބައޮތް ކަމަށް ކޯޗު، ލިއަމް ރޮސެނިއާ ބުނެފިއެވެ.
ޗެލްސީން އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބަލިވީ 1-0 އިންނެވެ. މިވަގުތު އެޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށްވެސް އޮތީ އުނދަގޫ ހާލަތަކެވެ. އެއީ ތާވަލުގެ ހަ ވަނައިގައި 48 ޕޮއިންޓާއެކު އޮތުމުންނެވެ. ފަސްވަނައިގައި އޮތް ލިވަޕޫލް ވަނީ 33 މެޗުން 55 ޕޮއިންޓް ހޯދައިފައެވެ.
އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ޗެލްސީ ކޯޗު ރޮސެނިއާއަށް ޕްރެޝަރު ބޮޑުވެފައިވާ އިރު، އެ ހަތަރު މެޗުގައި ގޯލެއްވެސް ޖެހިފައެއް ނުވެއެވެ. އެއީ 1912 ވަނަ އަހަރަށްފަހު އެޓީމަށް ދިމާވި އެންމެ ދަށް ހާލަތެވެ.
ސީޒަން ތެރެއިން ޓީމާ ހަވާލުވި ރޮސެނިއާ ބުނީ ވެރިންގެ 100 ޕަސެންޓް އިތުބާރު އަދިވެސް އޭނާއަށް އެބައޮތް ކަމަށެވެ.
"ޔަގީން، 100 ޕަސެންޓް އިތުބާރު އެބައޮތް. އަހަންނަށް ވެރިންގެ ފަރާތުން އަބަދުވެސް ސަޕޯޓް ދޭ. އަދި ދެކެވޭ ވާހަކަތައްވެސް ދަނީ ރަނގަޅަށް. އަހަންނަށްވެސް އެނގޭ މެޗުތަކުން މޮޅުވާން ޖެހޭކަން. އެކަމަކުވެސް ވަގުތު ބޭނުންވާނެ،" ރޮސެނިއާ ބުންޏެވެ.
ރޮސެނިއާ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ޖެނުއަރީ މަހުގައެވެ. އެއީ އެންޒޯ މަރެސްކާގެ ބަދަލުގައެވެ. އުމުރުން 41 އަހަރުގެ ރޮސެނިއާއަކީ ޗެލްސީގެ އާ ވެރިން ކަމަށްވާ ޓޮޑް ބޮއެލީގެ ހަވާލުވިފަހުން އެ ކްލަބާ ދާއިމީކޮށް ހަވާލުވި ހަތަރު ވަނަ ކޯޗެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ