މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔަ ފަސްް ދާއިރާގެ ތެރެެއިން ތިން ދާއިރާއެއްގެ އިންތިހާބު ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަަށް ގުނި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައި ހއ. ކެލާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އިންތިހާބުކުރުމަށް ނެގި ވޯޓު ކާމިޔާބުކުރީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓު ހައްވާ ފަޒުނާއެވެ.
ޕީއެންސީން ވަނީ ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވެސް ކާމިޔާބުކޮށްފައެވެ. އެ މަގާމަަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތުރު ރިއުޒާއެވެ. އޭނާއާ ވާދަކުުރީ އަމިއްލަ ގޮތުން އެ މަގާމަށް ކުރިމަތިލި ކެންޑިޑޭޓު ފާތިމަތު ނިޝާދާއެވެ.
ތިންވަނަ ދާއިރާއަކަށް ޕީއެންސީން ކާމިޔާބުކުރީ ލ. މާވަަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝާފިޔާއާއި އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް މާއިޝާއެވެ.
މި އިންތިހާބުގައި މިހާތަނަަށް ނަތީޖާ ޔަގީންނުވާ ދެގޮނޑިއަކީ ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމުގެ އިންތިހާބާއި، ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަަށް ނެގި ވޯޓެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން