އިރާނުން ހޮރުމޯޒު ކަނޑުއޮޅި ހުޅުވުމާ އެކު ތެލުގެ އަގު އަގުހެޔޮވެއްޖެއެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އިސްވެ އިރާނަށް ދޭން ފެށި ހަމަލާތަކަށްފަހު މެދުއިރުމަތީގައި ހަނގުރާމަ ފެށުމާއެކު އިރާނުން ވަނީ ހޮރުމޯޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރުވަލައިފައެވެ.
ފެބްރުއަރީގެ ފަހު ދުވަހު ފެށި ހަނގުރާމައަށް މަޑުޖެހުމެއް ގެނައުމަށް އެމެރިކާ އާއި އިރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވެފައިވާއިރު އޭގެ ފަހުން ވަނީ މަޝްވަރާ ކުރަން ފަށައިފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު ދެގައުމުން ސުލްހަ ވޭތޯ މަސައްކަ ކުރަމުން އަންނަ އިރު އިރާނުން އިއްޔެ ވަނީ އެގައުން ކޮންޓްރޯލްކުރާ ހޮރުމޯޒު ކަނޑުއޮޅި އެއްކޮށް ހުޅުވުމަށް އެއްބަސްވެ އެ ކަނޑުއޮޅި ހުޅުވައިފައެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ އިއްޔެ ވަނީ ކަނޑުއޮޅި ހުރަސް ކުރުމަށް އެއްވެސް ބޯޓަކަށް މިހާރު ހުރަހެއް ނެތް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
އިރާނުން ކަނޑުއޮޅި ހުޅުވާލުމާއެކު ދުނިޔޭގެ ތެލުގެ އަގަށް ވަނީ ހެޔޮ ބަދަލެއް އަންނަން ފަށައިފައެވެ. އެގޮތުން ކަނޑުއޮޅި ހުޅުވާލި ހަބަރާއެކު ތެޔޮ ފީފާއެއްގެ އަގު ވަނީ 90 އެމެރިކާ ޑޮލަރަށް ދަށްވެފައެވެ.
ސާފުނުކުރާ ތެޔޮ 87.94 އެމެރިކާ ޑޮލަރަށް ފީފާއެއްގެ އަގު ވެއްޓިފައިވާއިރު އެމެރިކާގެ ސާފުނުކުރާ ތެޔޮ ވަނީ ފީފާއެއް 83.33 އެެމެރިކާ ޑޮލަރަށް ދަށްވެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
އަތޮޅުތަކުން އަދިވެސް ހުރީ 30ރ އާ 25ރ އާދެމެދު ތިޔަކަން އަތޮޅުތަކުގައި ތެޔޮވިއްކާ ފަރާތްތަކަށް އަންގަދެއްވަންވީނު
އިބުރޭ - 2 މަސް ކުރިން