ވޯލްޑް ކަޕް 2026 އަށް 72 ދުވަހަށް ވެފައި ވަނިކޮށް ގާނާގެ ކޯޗުކަމުގައި ހުރި އޮޓޯ އައްޑޯ އެމަގާމުން ދުރަށް ދިޔުމާއެކު، ބަދަލުގައި ކޯޗަކަށް ކާލޯސް ކޭރޯޒް ހަމަޖައްސައިފިއެވެ.

ކެރޯޒް، 73، ގާނާގެ ކޯޗުކަމާ ހަވާލުވެފައި ވަނީ އޮމާންގެ ކޯޗަކަމުގައި ހުރުމަށްފަހުއެވެ. އޭނާ އެ މަގާމު ދޫކޮށްލީ މިދިޔަ މަހުގެ ތެރޭގައެވެ. ކޭރޯޒް މަގާމު ދޫކޮށްލާފައި ވަނީ އޮމާނަށް ވޯލްޑް ކަޕަށް ކޮލިފައި ނުވެވުމުންނެވެ.

ގާނާއިން ހަމަޖައްސާފައިވާ ކޯޗު ކޭރޯޒަކީ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލްއާއެކު ނުކުމެ، ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އަދި އެންމެފަހުން އީރާނުން ވޯލްޑް ކަޕުގައި ކުޅުނު ތިން ފަހަރުވެސް ކޯޗަކީ ކޭރޯޒެވެ. އެގައުމާއެކު ކުޅުނު 13 މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކުރިއެވެ.

މޮޒަމްބީގަށް އުފަން ކޭރޯޒަކީ ކުރިން ގޯލްކީޕަރެކެވެ. އޭނާ ވަނީ ކުރިން މިސްރާއި ޖަޕާން، ކޮލަމްބިއާގެ އިތުރުން ދެކުނު އެފްރިކާގެ ކޯޗުކަންވެސް ކޮށްފައެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕުގައި ގާނާ ހިމެނެނީ ގްރޫޕް އެލްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވަރުގަދަ އިންގްލެންޑާއި ކްރޮއޭޝިއާގެ އިތުރުން ޕެނަމާއެވެ.