ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ދިވެހި ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

ރައީސް ސޯލިހު އެންމެ ފަހުން ގައުމާ މުހާތަބު ކުރެއްވީ 30 އޭޕްރިލް 2023ގައެވެ.

ނަމަވެސް އެ ފަހުން 2 އޮކްޓޯބަރު 2023ގައި ވަނީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާމީޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް އޮފީހުގައި އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.