ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ އެއްކުރުމަށްފަހު އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި އާ މިނިސްޓްރީގެ އުފައްދައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު މިއަދުވަނީ އެ މަގާމަށް އިސްތިއުފާ ދެއްވައިފައެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް، އިސްމާއިލް ޝަފީއުވަނީ އައްޔަން ކުރައްވައިފައެވެ. އޭނާ ކުރިން ހުންނެވީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮމްޕެންޓް މިނިސްޓަރުގެ މަގާމުގައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ހިމެނޭ ލެބޭ އެންޑް ސްކިލް ޑިިވެލޮޕްމެންޓް މަސައްކަތްތައް ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ހޯމްލޭންޑް މިނިސްޓްރީގެ ނަން ހޯމްލޭންޑް، ސެކިއުރެޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ.
އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ހޯމްލޭންޑް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އިހުސާނެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް