ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ޖަވާބުދީފިއެވެ.
ރައްޔތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެ ބަޔާނުގެ ޖަވާބު، އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު ޖަވާބު ދެއްވަން ޖެހެއެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީ ފިޔަވައި އެންމެ ގިނަ މެންބަރުން ތިއްބެވީ އިދިކޮޅު އެމްޑީޕީގައެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދުގެ ޖަލްސާގައި އިއްވެވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުން، ހާސިލު ކުރާން ޖެހޭ އެއްވެސް މަގުސަދެއް ހާސިލްވެފައި ނުވާ ކަމަށް ވިދާޅުވެ ވަނީ ފާޑުވިދާޅުވެފައެވެ.
އެގޮތުން، ގައުމުގެ މިހާރުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރުމަށް ކުރާން ޖެހޭ ކަންކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަ ނުކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަން ޖެހެއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވީ ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް