އެކްސިޑެންޓުގައި ތިންވަނަ މީހާއަށް ލިބޭ ދާއިމީ އަނިޔާތަކަށް އިންޝުއަރެންސް ލިބޭނެ އިސްލާހެއް، އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ބިލުގެ މަގުސަދެއްކަމަށް ބިލުގައި ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތައް މިހާރު ރާއްޖޭގައި ތާޑްޕާޓީ އިންޝުއަރެންސް ލާޒިމުކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން، އުޅަނދަށް، ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ، އެކަމަށް ހައްލު ހޯދުން ކަމަށެވެ.
މިހެންކަމުން މި ބިލު ހުށަހަޅަނީ، އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ބިލުގައިވާގޮތުން އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދެއް އެކްސިޑެންޓްވެގެން ގެއްލުން ލިބޭ މީހަކަށް، ނުވަތަ ތަނަަކަށް، ނުވަތަ އެއްޗަކަށް، ލިބޭ ގެއްލުމަށާއި، އެކްސިޑެންޓްވީ އުޅަނދަށް، ނުވަތަ، އުޅަނދު، ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކުރާ ކޮމްޕްރެހެސިވް އިންޝުއަރެންސް ކުރުމަށްފަހުގައެވެ.
މިހާރު ތައާރަފްކޮށްފައިވާ ތާޑްޕާޓީ އިންޝުއަރެންސް ތެރެއަށް ލައިފްލޯންގް އިންޖަރީ ނުވަތަ ދާއިމީޖިސްމާނީ ނުކުޅެދުންތެރިކަަމަށް ނުވަތަ ދާއިމީ ބޭސްކުރަންޖެހޭ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭނެ ކޮންޕްހެންސިވް އިންޝުއަރެންސެއް ތައާރަފު ކުރުމަކީ މުހިއްމުކަމެއްކަމަށް މި ބިލް ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް