ޖެންޑާ މިނިސްޓަރުގެ މަގާމުން ޑރ. އައިޝަތު ޝިހާމް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ވަނީ މިނިސްޓަރު އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އައިޝަތު ޝިހާމް، ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.

އައިޝަތު ޝިހާމްއާ އެކު މިއަދު ވަނީ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މި ހަފުތާ ތެރޭ އިސްތިއުފާ ދެއްވައިފައެވެ.