ހުޅުމާލެ ވޯޓާ ތީމް ޕާކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ހަދަން ފަށާފައި ހުރި ވޯޓާ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 06:34 ހާއިރު ކަމަށެވެ.

ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންނަށް ނިއްވާލެވުނީ 07:39 ހާއިރުއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.