ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަށް ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހަށްވެފައި ވަނިކޮށް، ނައިކީން ކިޓްތަކުގެ ޑަޒައިން މައްސަލަތަކެއް އުޅޭކަމަށް އެ ކުންފުނިން ބުނެފިއެވެ.
ނައިކީ ޖާޒީތަކުގެ ޑިޒައިން މައްސަލައެއްގެ ސަބަބުން ޖާޒީތައް ލާފައި ހުންނަ އިރު، ކޮނޑު ކައިރިން ބޭކާރު ރޫތަކެއް އަރައި، ކޮނޑު ހުންނަނީ ފާޑަކަށް ފުފިއެވެ. އެކަން ފާހަގަވީ ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ނައިކީގެ ސްޕޮންސާ ޖާޒީތަކުންނެވެ. އެގޮތުން އުރުގުއާ އާއި އިންގްލެންޑް ކުޅުނު މެޗުގައި ދެ ޓީމުގެ ޖާޒީތަކުންވެސް އެކަން ފާހަގަވެފައިވެއެވެ.
އެކަން ފާހަގަވުމާއެކު ނައިކީގެ ތަރުޖަމާނު ބުނީ ކިޓް ޑިޒައިންތަކުގެ މައްސަލައެއް ފާހަގަވެފައިވާ ކަމަށާއި، އެ މައްސަލައިގެ ސަބަބުން ޖާޒީތައް ފެންނަ ގޮތް ހަޑި ނަމަވެސް، ކުޅުންތެރިން ކުޅުމަށް އަސަރުފޯރާނެ ކަމެއް ނުވާ ކަމަށެވެ.
ނައިކީގެ ސަޕޯޓަރުންގެ ޖާޒީތަކުންވެސް އެ މައްސަލަ ފާހަގަވެފައިވާ އިރު، ނައިކީއަށް ވަނީ ވޯލްޑް ކަޕްގެ ކުރިން އެ ޖާޒީތަކުގެ ޑިޒައިން ރަނގަޅު ކުރުމަށް މަޖުބޫރުވެފައެވެ. ބައެއް ނޫސްތަކުން ބުނީ ނައިކީއަށް އެއީ ކޮންމެވެސް ވަރެއްގެ ޗެލެންޖަކަށް ވާނެ ކަމަށެވެ. އެއީ ނައިކީ ޖާޒީތަކަކީ ގަދަ ހޫނުގައި ކުޅުންތެރިންނަށް ހޫނުގެ އަސަރު ކުޑަވާނެހެން ޑިޒައިން ކޮށްފައިވާ ޖާޒީތަކަކަށްވާތީއެވެ. އެ ޓެކްނޮލޮޖީ ގުޅިފައިވަނީ ޑިޒައިނާއެވެ.
ނައިކީއަކީ ވޯލްޑް ކަޕްގައި ވާދަކުރާ ބައެއް ބޮޑެތި ގައުމުތަކުގެ ކިޓް ސްޕޮންސަރެވެ. އެގޮތުން ބްރެޒިލާއި ނެދަލޭންޑްސްގެ އިތުރުން އިންގްލެންޑާއި ކްރޮއޭޝިއާ ހިމެނެއެވެ. އޭގެ އިތުރުން ކޯ ހޯސްޓް ކަމަށްވާ އެމެރިކާއާއި ކެނެޑާގެ ކިޓް ސްޕޮންސަރަކީވެސް ނައިކީއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026