މަޝްވަރާތައް ފެށޭނީ ލުބުނާނަށް ހަމަލާދިނުން ހުއްޓާލައިގެން ކަމަށް އިރާނުން ބުނެފިއެވެ.
އިރާނާއި އެމެރިކާގެ އޮފިޝަލުން މަޝްވަރާއަށް ޕާކިސްތާނަށް އެއްވެފައިވާ އިރު، އެ މަޝްވަރާތައް ފެށޭނީ އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށްފަހު ކަމަށް އެ މަޝްވަރާގައި އިރާނުން ހަރަކާތްތެރިވާ ޓީމުގެ އިސް ލީޑަރު އަދި އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގަރު ގާލިބަފް ވަނީ ވިދާޅުވެފައެވެ.
އެކްސް މެދުވެރިކޮށް އިއްޔެ ކުރެއްވި ޕޯސްޓެއްގައި އިރާނުގެ މަޖިލީހުގެ ރައީސް ވަނީ މަޝްވަރާތައް ފެށުމުގެ ކުރިން ދެ ކަމަކަށް އެއްބަސްވެ، އެ ދެކަންތައް ހާސިލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މަޝްވަރާތައް ފެށުމުގެ ކުރިން އެއްބަސްވާން ޖެހޭ ދެ ކަމެއް ކަމަށް އިރާނުގެ މަޖިލީހުގެ ރައީސް ގާލިބަފް ފާހަގަކުރައްވާފައިވަނީ އިޒްރޭލުން ލުބުނާނަށް ހަމަލާދިނުން ހުއްޓުވުމާއި އިރާނާ ދެކޮޅަށް މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހިފަހައްޓާފައިވާ އިރާނުގެ އަމިއްލަ މުދާތައް ދޫކޮށްލުމެެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ އިރާނަށް ހަމަލާދީ މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމަށްފަހު އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ލިބުނު ގެއްލުމުގެ ސަބަބުން އެމެރިކާ އިން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިރާނާއެކު އެއްބަސްވެފައެވެ. އިރާނާއި އެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށްފަހު މަޝްވަރާކުރަން މިއަދު ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން