އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހު 17 ގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރާނީ އަންނަ މޭއި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އެ ދުވަހަކީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތައް އެމްޑީޕީންނެވެ. އެގޮތުން އެމްޑީޕީން ކައުންސިލްތަކުގެ 269 ގޮނޑި ކާމިޔާބު ކުރި އިރު ޕީއެންސީން ވަނީ 233 ގޮނޑި ކާމިޔާބުކޮށްފައެވެ.
އެމްޑީޕީން ވަނީ ހުރިހާ ސިޓީއެއްގެ މެޖޯރިޓީވެސް ނަގައިފައެވެ.
އަލީ ޔާމިން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން