މެޑަލް ހޯދުމުގެ އަމާޒަކާއެކު ރާއްޖޭގެ ޒުވާން ޓީޓީ ޓީމުން ދެކުނު އޭޝިއާ ޖޫނިއާ މުބާރާތަށް މިއަދު ފުރައިފިއެވެ.
މިފަހަރުގެ މުބާރާތް، މިމަހުގެ އަށަކުން 11 އަށް އޮންނާނީ އިންޑިއާގެ ޝިމްލާގައެވެ. އެ މުބާރާތަކީ އަންނަ ޖޫން މަހު އޮމާންގެމަސްކަޓްގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަން މުބާރާތެއްވެސް މެއެވެ. މުބާރާތުގައި ރާއްޖޭން ވާދަކުރަނީ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީއާއި 19 އަހަރުން ދަށުގެ ޖޫނިއާ ކެޓަގަރީގައެވެ.
މުބާރާތަށް ދިޔަ ޖޫނިއާ ސްކޮޑުގައި ބައެއް ސީނިއާ ކުޅުންތެރިންވެސް ހިމެނިފައިވާ އިރު، ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާނެވެ. އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުހައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތާސީނެވެ.
ޓީމު މުބާރާތަށް ތައްޔާރުވެފައި ވަނީ ކޯޗު، އީރާނުގެ މަހްދީ ހޮޝްމަރަމްއާއެކުގައެވެ. އެސޯސިއޭޝަނާއި ކޯޗު ގުޅިގެން، ޓީމުގެ ތަމްރީނުތަކަށް އީރާނުގެ ޕެއާއެއް ގެނެސްފައިވާ އިރު، އެއީ ރަނގަޅު ލެވެލްއެއްގައި ވާދަކުރަން ފުރުސަތު ހޯދައި ދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށް ކޯޗު މީޑިއާއަށް ބުނެފައިވެއެވެ.
ޓީމު ފުރުވުމަށް އެއާޕޯޓަށް ވަޑައިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މީޑިއާއަށް ވިދާޅުވީ، ރާއްޖޭގެ ޓީމަށް މިއީ އުންމީދީ މުބާރާތެއް ކަމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މެޑަލް ހޯދޭނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް