ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ހޮރުމޯޒު ކަނޑުއޮޅި ހުޅުވާނެ ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުގެ ރައީސް އޮފީހުގެ ޑެޕިއުޓީ ކޮމިއުނިކޭޝަންސް ސައްޔިދު މެހްދީ ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގައުމުން ހޮރުމޯޒް ކަނޑުއޮޅި ހުޅުވުމަށް ތައްޔާރު ކަމަށެވެ. ނަމަވެސް ކަނޑު އޮޅި ހުޅުވޭނީ ހަނގުރާމައިގެ ސަބަބުން އިރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ.
އިރާނުން ހޮރުމޯޒު ކަނޑުއޮޅި ހުޅުވަން މަޖުބޫރުކޮށް އެމެރިކާގެ ރައީސް ޑޮނަލްށް ޓްރަމްޕް ދިން މުއްދަތު މިއަދު ހަމަވާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުން ހޮރުމޯޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އިރާނުގެ ހަކަތަ އުފައްދާ ތަންތަނުގެ އިތުރުން އިރާނުގެ މުހިންމު އުމްރާނީ ބިނާތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދެއްވައިފައެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ އިރާނަށް ފެބްރުއަރީ މަހު ދޭން ފެށި ހަމަލާތަކަށްފަހު މެދުއިރުމަތީ ބޮޑު ހަނގުރާމައެއްގެ ތެރޭގައި މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އިރާނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރު ކަމަށްވާ ހޮރުމޯޒު ކަނޑުއޮޅި އެގައުމުން ބަންދުކުރުމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑުތަކުން އެނގުންވެލާފައެވެ.
ތެލުގެ އަގުގެ އިތުރުން އެހެނިހެން ތަކެތި ބޮޑުތަނުން އަގު އުފުލުމާއެކު ގައުމުތަކުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި