އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ތެރެއިން ފަސް ސިޓީގެ ރައީސާކަންވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ އެ ކޮމެޓީގެ ރައީސާކަށްވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސާއިންގެ ގޮތުގައި އިންތިހާބުވި ފަރާތްތައް:
- މާލޭ ސިޓީ - އައިޝަތު ރީޝާ
- އައްޑޫ ސިޓީ - ފާތިމަތު ހިޖްރާ
- ފުވައްމުލައް ސިޓީ - މަރިޔަމް ޝިއުނާ
- ތިނަދޫ ސިޓީ - މަރިޔަމް ޝަރޫނާ އާދިލް
- ކުޅުދުއްފުށި ސިޓީ - އާމިނަތު އިބްރާހީމް
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ސިޓީގެ މޭޔަރުކަންވެސް އެމްޑީޕީންވަނީ ކާމިޔާބުކޮށްފައެވެ.
އާއިޝަތު މާހާ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ