ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުމުގެ ވަގުތު ހަމަވުމުން ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފިއެވެ.
އިންތިހާބުގެ ވޯޓުލުމަށް އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ.
އީސީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހަކަށް ލިބިގެންވެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅިއެވެ. ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ އިރު، 82 ކެންޑިޑޭޓުން އިންތިހާބަކާ ނުލައި ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި އިންތިހާބުގައި ވާދަކުރީ 2،845 ކެންޑިޑޭޓުންނެވެ.
އިންތިހާބުގެ ވޯޓުލުމުގެ ކަންކަން 347 މަރުކަޒެއްގެ 588 ސްޓޭޝަންގައި ކުރިއަށްދިޔައެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން