މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުމުގެ ވަގުތު 5:00 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ދެންމެ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ވޯޓު ލުމުގެ މުއްދަތު އިތުރުކުރީ ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ ކަމަށެވެ.
"މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ވާހަކަ ދަންނަވަން" އީސީން ބުންޏެވެ.
އީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުގައިވާ ގޮތުން އިންތިހާބުގައި ވޯޓުލާފައިވަނީ 131،947 މީހުންނެވެ. އެއީ 44.75 ޕަސަންޓް މީހުންނެވެ.
ވޯޓު ނުލާ ތިބި މީހުންގެ އަދަދަކީ 162،929 ޕަސަންޓު ކަމަށާއި، އެއީ 55.25 ޕަސަންޓުކަމަށް އީސީން ބުންޏެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން