ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެއްޖެއެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

އެ ސްކޫލުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.

އަލިފާން ކޮންޓްރޯލުކުރުމަށް ފުލުހުންނާއި ވިލިނގިލީގެ ރައްޔިތުން މަސައްކަތްކުރަމުން އަންނަ އިރު، އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް ނުވަތަ ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ވިލިނގިލިން "ވަން" އަށް މައުލޫމާތުދިން މީހަކު ބުނީ އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލުކުރެވިފައިވާ ކަމަށެވެ.