ސަތޭކަ ކިލޯ އަށްވުރެ ގިނަ ޑްރަގު ބަރުކޮށްގެން ސްރީ ލަންކާގެ ދެކުުނުން، ރާއްޖޭގެ އިރުއުތުރުން ދަތުރުކުރި މަސްބޯޓެއް ލަންކާއިން އަތުލައިގެންފިއެވެ.
ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓްގައި ބުނީ އެ ބޯޓު އަތުލައިގަތް އިރު އޭގައި ފަސް މީހުން ތިބި ކަމަށެވެ. އަދި އެ ބޯޓު އިއްޔެ ހެނދުނު ލަންކާގެ ގާލޭގެ ބަނދަރަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ އިރުއުތުރުގެ ރަށްތަކާއި ލަންކާގެ ގާލޭ ބަނދަރާ ދެމެދު ގާތްގަނޑަކަށް 350-400 ނޯޓިކަލް މޭލުގެ ދުރުމިނެއް ހުރެއެވެ.
އެ ވެބްސައިޓުގައިވާ ގޮތުން ގާލޭގެ ބަނދަރަށް އެ ބޯޓު ގެންގޮސް ބެލުމުން އޭގައި 58.74 ކިލޯގެ ހެރޮއިން (52 ޕާރުސަލްގައި) އާއި 43.13 ކިލޯ ކްރިސްޓަލް މެތަމްފެޓަމައިން (50 ޕާރުސަލްގައި ހުރިކަން ކަަށަވަރުކުރެވިފައިވާ ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުންޏެވެ.
އެތަކެތި ބަންދުކޮށްފައިހުރީ ހަ ބަސްތާއެއްގައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު އަގު ލަންކާގެ ފައިސާއިން ބަލާ އިރު 1.5 ބިލިއަނަށް އަރަ އެވެ. އެއީ ގާތްގަނޑަކަށް 4.5-4.9 މިލިއަން އެމެރިކާ ޑޮލަރެވެ.
ޑްރަގު ބަރުކޮށްގެން ދަތުރުކުރި އެ ބޯޓާއި އޭގައި ތިބި ފަސްމީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފަ އެވެ.
އަލީ ޔާމިން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް