މާލޭގެ ގެއެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް އިއްޔެ މެންދުރު ފަހު 13:10 ކަންހާއިރު ލިބިފައިވާ ކަމަށާއި އެ މީހާގެ ހަށިގަނޑު ފެނުނީ އެ މީހާ މަރުވިތާ ގިނައިރުތަކެއްވީ ފަހުން ކަމަށެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވާ ތަނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތް ކުރާ އިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭތީ އޮޓޮޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނާލަށް ނެތެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް