ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ކެފޭއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ސީނުގައި ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މަރުވެފައި އޮތް މީހާއަށް ބަޔަކު އަނިޔާކުރިކަމުގެ ނިޝާނެއް ފެންނަންނެތް ކަމަށް ފުލުހުން ބުންޏެވެ.