ދިވެހި ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ކާމިޔާބީއެއްކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލުން ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެވެ.
ޝަރީފު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު "ބޯހިޔާވަހިކަން އެންމެނަށް" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުގެ ސަބަބުން ބާރަށް ކުރިއަށްދާ ކަމަށެވެ.
"މަސައްކަތުގެ މި ބާރުމިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި، އަދި އަޅުގަނޑުމެންނަށްވެސް އުންމީދާއި އުފަލާއި ހިތްހަމަޖެހުން ގެނުވާނެކަމެއް. މީގެ އިތުރުން މި ބިޔަ މަޝްރޫއުގެ އަނެއް ކާމިޔާބީއަކަށްމިވަނީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި، އެކަށީގެންވާ އަދި އަތްފޯރާފަށުގައި ދިރިއުޅޭނެ ތަނެއް ހޯދައިދެވޭތީ" ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމާ ބީއެމްއެލުން ގުޅުނީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ ގައުމީ ޒިންމާއެއްކަމަށް ދެކިގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަކީ ބޭންކިން ނިޒާމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް