އުރީދޫ 5ޖީ އެއާފައިބާ އާއެކު ކޭބަލް ބޭނުންކުރުމަކާ ނުލައި ގެތަކަށް ވަގުތުން ވައިފައިގެ ހިދުމަތް ފޯރުކޮށްދޭ ހިދުމަތެއް އުރީދޫން ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ އެ ހިދުމަތް ހަރުކުރުމަށް ނަގާނީ މަދު މިނެޓުކޮޅެއް ކަމަށެވެ. އުރީދޫ އެއާފައިބާއާއެކު ކަސްޓަމަރުންނަށް 100 އެމްބީޕީއެސް އިން ފެށިގެން މަތީ ސްޕީޑުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
މިއީ ވަގުތުން ވަގުތަށް އިންޓަނެޓު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ ފަހި ފުރުސަތެއް ކަމަށް އުރީދޫން ބުންޏެވެ. އަދި ބުނީ އާ ގެއަކަށް ބަދަލުވުމުގައި ނުވަތަ މަސައްކަތު މާހައުލެއް ގާއިމުކުރުމުގައިވެސް، އުރީދޫ އެއާފައިބާ މެދުވެރިކޮށް ފަސޭހަ ކަމާއެކު އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށެވެ.
އުރީދޫ އެއާފައިބާގެ އަސްލަކީ 5ޖީ ޓެކްނޮލޮޖީގެ ބާރުގަދަ ނެޓްވޯކު ކަމަށާއި، މިއީ ހަލުވި އަދި އިތުބާރު ހުރި ހިދުމަތެއް ކަމަށް އުރީދޫން ބުންޏެވެ.
ފިލްމު ބެލުމާއި، ވީޑިއޯ ކޯލު ކުރުމާއި، އޮންލައިން ކްލާސްތަކުގައި ބައިވެރިވުމާއި، ގޭމް ކުޅުން ފަދަ ކަންކަމުގައި އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު އެ ހިދުމަތާއެކު ފަހިވެގެންދާނެކަމަށް އުރީދޫން ބުންޏެވެ.
އެ ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ޑިވައިސް ލިބޭނެކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް