ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމްކުރާ ސްޕޯޓްސް ޕާކުގެ އަމަލީ މަސައްކަތް ފަށަން ބިންގާއަޅައިފި އެވެ.
އެޗްޑީސީން ބުނީ އެ ޕާކު ތަރައްގީކުރަން ނިންމާފައިވަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ.
މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރުކުޅޭނެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޗްޑީސީން ކުރަންނިންމާފައިވާ މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.
މި މަޝްރޫއުގެ ނިމޭއިރު ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓަކާއި ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހަށިހެޔޮކަމަށާއި އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނާއި ފިނި މައިޒާންތަކާއި ކުޑަކުދިންނަށް ހާއްްސަ ސަރަހައްދުތައް ގާއިމުކުރުމަށް އެކުންފުނިން އިސްކަންދޭ ކަމަށް އެޗްޑީސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ