އދ. މަހިބަދޫގައި 100 ފުލެޓް އަދި އެ އަތޮޅު ކުނބުރޫދުގައި 25 ފުލެޓް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހާމިދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ.
އެޗްޑީސީން މިރޭ ބުނީ އެ އެއްބަސްވުމުގެ ދަށުން މަހިބަދޫ އަދި ކުނބުރުދޫގައި ހަދާނީ ތިން ކޮޓަރީގެ އެޕާޓްމެންޓް ޔުނިޓުތަކެއް ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތުން ކުނބުރުދޫގެ ހައުސިންގެ މަޝްރޫއުގެ މަސައްކަތް 480 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށާއި މަހިބަދޫ ހައުސިން މަޝްރޫއުގެ މަސައްކަތް ނިންމަން ޖެހެނީ 540 ދުވަހުގެ ތެރޭގައިކަމަށް އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ