ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓެއްގަ އެވެ.

ރައީސްވަނީ ނޫ ލަޝްކަރުގެ ގޮތުގައި ފުލުހުން ސިފަކުރައްވައި، ފުލުހުންގެ ހިދުމަތް އުފެދުނީއްސުރެ މިއަދާއި ހަމަޔަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އާއިލާތަކަށް ތަހުނިޔާއާއި ޝުކުރު ދަންނަވައިފަ އެވެ.

"ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުން. މި ގައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ދިވެހިރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ގާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުން." ރައީސް ވިދާޅުވެފައިވެ އެވެ.