ބާސެލޯނާގެ ތަރި، ބްރެޒިލްގެ ރަފީނިއާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ ކަމަށް ކްލަބުން ބުނެފިއެވެ.
ރަފީނިއާއަށް އަނިޔާވީ ބްރެޒިލަށް ކުޅުނު މެޗެއްގައެވެ. ބްރެޒިލުން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި 2-1 އިން ބަލިވި އިރު، އެމެޗުގައި ރަފީނިއާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ.
އުމުރުން 29 އަހަރުގެ ބްރެޒިލް ތަރި ރަފީނިއާއަކީ ބާސާއަށް މުހިއްމު ކުޅުންތެރިއެކެވެ. މިހާތަނަށް މި ސީޒަނުގައިވެސް ރަފީނިއާ ވަނީ ބާސާއަށް 19 ގޯލް ޖަހައިދީފައެވެ. އެޓީމުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައިވެސް ރަފީނިއާ ވަނީ ގޯލް ޖަހައިފައެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސާއިން ކުޅޭ ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކޯއާ ދެކޮޅަށް ނުކުންނާނީ އޭޕްރީލް އަށްވަނަ ދުވަހުއެވެ. ދެވަނަ ލެގު މެޑްރިޑްގައި އޮންނާނީ އޭޕްރީލް 14 ވަނަ ދުވަހުއެވެ.
ބާސާއިން ނެރުނު ބަޔާނުގައި ބުނީ ރަފީނިއާގެ ރިކަވަރީގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ގާތްގަނޑަކަށް ފަސް ވަރަކަށް ހަފުތާއަށް ކުޅުމާ ދުރުގާ ހުންނަން ޖެހޭނެ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ