ހުޅުމާލެ ފޭސް 1 ގައި ހުރި ސަރުކާރުގެ 704 ފްލެޓެއް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހައުސިން މިނިސްޓްރީ އެކު މިދިޔަ އަންގާރަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އިމާރާތްތަކުގެ ފެންވަރު ދެމެހެއްޓުން ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ފޭސް 1 ގެ އެ ފްލެޓްތަކުގެ އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި އިމާރާތްތަކަށް ދިމާވާ އެކި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ޒިންމާ ދެން އުފުލާނީ އެޗްޑީސީންނެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ