ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފިރިހެން ފަތުރުވެރިންނަށްވުރެ އަންހެން ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 611,439 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 592,490 ފަތުރުވެރިންނާ އަޅައި ބަލާއިރު 3.2 ޕަސަންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 53.9 ޕަސަންޓަކީ އަންހެނުންނެވެ. އެއީ ޖުމްލަ 329,565 ފަތުރުވެރިންނެވެ. ފިރިހެން ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 281,873 މީހުންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ 45 އަހަރާއި 54 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. މި އުމުރުފުރާގެ ތެރެއިންވެސް އަންހެން ފަތުރުވެރިންގެ ނިސްބަތް 13.1 ޕަސަންޓުގައި އުޅޭއިރު، ފިރިހެނުންގެ ނިސްބަތަކީ 9.5 ޕަސަންޓެވެ.
މީގެ އިތުރުން 55 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއިންވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އަންހެނުންކަން ފާހަގަކުރެވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މާލެ..ތޮއަޖެޖެނީ...
ބިމްމާ - 3 މަސް ކުރިން