ސާފް 20 އަހަރުން ދަށުގެ އެންމެފަހުގެ ރަނަރަޕް ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާން ކައިރިން ބަލިކޮށްފިއެވެ.
ބަންގްލަދޭޝްއިން މިފަހަރު ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާގެ އިތުރުން ޕާކިސްތާނާއެކު، ތިން ޓީމު ވާދަކުރާ ގްރޫޕް ބީގައެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއިން އިއްޔެ ޕާކިސްތާން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ގައުމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ތަރިއަކީ އެމެރިކާއަށް އުފަން ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ 18 އަހަރުގެ ރޮނަން ބެންޖަމިން ސުލިވަންއެވެ. އޭނާއަކީ މޭޖާ ލީގު ސޮކާގެ ފިލަޑެލްފިއާގެ ޔޫތު ޓީމުގައި ކުޅުނު ކުޅުންތެރިއެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހި ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި ބަންގްލަދޭޝްއިން ލީޑު ނެގީ ސުލިވަން ހިލޭ ޖެހުމަކުންނެވެ. ސުލިވަންގެ ހިލޭ ޖެހުން އޭރިއާ ބޭރުން އޭނާ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ.
އެ ގޯލާއެކު ޕާކިސްތާނުން ކުރިއަށް ޖެހިލި އިރު، އޭގެ ފައިދާވެސް ނެގީ ބަންގްލްދޭޝްއިންނެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން އުފެއްދި ކައުންޓާ އެޓޭކްގައި ސުލިވަން ދެވަނަ ގޯލް ޖެހީ، އޭނާއަށް ލިބުނު ބޯޅަ ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ގްރޫޕް ބީގެ ދެވަނަ މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެ މެޗުގައި ޕާކިސްތާނުން ވާދަކުރާނީ އިންޑިއާއާ ދެކޮޅަށެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް
ސާފް 20 އަހަރުން ދަށުގެ މުބާރާތް