150 ޓެކްސީއާއެކު އަންނަ މަހުގެ ދެވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން ނިންމައިފިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެމްޓީސީސީން ބުނީ އެ ޝިޕްމެންޓުގައި ހިމެނެނީ 60 ކާރު ކަމަށާއި އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ އެސް، ސުމެއް، ފަހެއް ކަމަށެވެ.
ކާރުގެ ދެވަނަ ޝިޕްމެންޓް ރާއްޖެ އަންނާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށާއި، ދެވަނަ ޝިޕްމެންޓުގައި ހިމެނެނީ 90 ކާރުކަމަށް އެމްޓީސީސީން ބުންޏެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ ލުމިން އަދި އެސް، ސުމެއް، ހަތެއްކަމަށް އެމްޓީސީސީން ބުންޏެވެ.
"ހުރިހާ ކާރުތަކެއް ރާއްޖެ އައުމާއެކު ޖުމްލަ 150 ކާރައިއެކު ފުލް ސްކޭލްގައި ހިދުމަތް ފެށިގެންދާނެ، މާލެ ޓެކްސީ ލައިން ތައާރަފުކޮށް ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 02 އެޕްރީލް 2026" އެމްޓީސީސީން ބުންޏެވެ.
ޓެކްސީ ހިދުމަތުގައި ޕާޓްޓައިމް ޑްރައިވަރުންވެސް މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ. ޑްރައިވަރުން ތިބޭނީ ވެސްޓް ލައިގެންކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ތި ހުރިހާ ކާރެއްވެސް ރަޖިސްޓްރީ ކުރާނީ ގަރާޖު ދައްކާފަ ދޯ؟
ގުނބޯ - 3 މަސް ކުރިން